English Edition
Dhivehi Edition

އެމްޑީޕީގެ ވެރިކަމުގައި ބައެއް މިނިސްޓްރީ ތަކުން 1.57 ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓްތަކުން ހާމަވެފައިވާ ކަމަށާއި އިދިކޮޅަށް ވެރިކަން ލިބިއްޖެ ނަމަ އެކަންކަން ބައްލަވާނެތޯ ވިދާޅުވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ސުވާލުކުރައްވައިފިއެވެ

ނިހާން މިހެން ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ސަރުކާރުގެ ތެރެއިން ނުހަމަ ގޮތުގައި ގެއްލިފައިވާ ދައުލަތުގެ ފައިސާތަށް އަނބުރާ މާލިއްޔަތަށް ހޯދާ އެ ފައިސާ ރައްޔިތުންގެ ބޭނުންތަކަށް ހަރަދު ކުރުމަށް އެމްޑީޕީން ފާސްކުރި ގަރާރަށް ރައްދު ދެއްވަމުންނެވެ

އެމްޑީޕީގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލްތަކާއި ބެހޭ ގޮތުން ވާހަކަދައްކަމުން ނިހާން ވިދާޅުވީ ޖީއެމްއާރުން ދައުލަތަށް ދެއްކި 105 މިލިއަން ޑޮލަރުގެ ތެރެއިން ސަރުކާރަށް ވަދެފައިއޮތީ 78 މިލިއަން ޑޮލަރުކަމަށާއި ބާކީވި 27 މިލިއަން ޑޮލަރު ވީ ގޮތް ނޭންގޭ ކަމަށެވެ.

މީގެ އިތުރުން ނިހާން ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ހިނގާ ދިޔަ އެންމެ ބޮޑު ކޮރަޕްޝަން މައްސަލަ ހިނގާދިޔައީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ވެރިކަމުގައި ކުރީގެ ގައުމީ މަސް ކުންފުނި އެފްޕީއައިޑީގައި ކަމަށެވެ. އަދި އެފައިސާއަށް ވީގޮތް މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީއަށް އެނގިވަޑައިގަންނަވާނެކަމަށާއި އެފްޕީއައިޑީ މައްސަލައާ ގުޅިގެން މަޖިލީހަށް ހުށަހެޅި ފައިލުތަަކަށް ވީގޮތް މާރިޔާ ކިޔައިދޭން ޖެހޭ ކަމަށެވެ

ޓެގު