English Edition
Dhivehi Edition

ފަލަސްތީނު ރައްޔިތުންނަށް އެމެރިކާއިން ދެމުންދާ 200 މިލިއަން ޑޮލަރުގެ އެހީ އެމެރިކާ އިން ކަނޑާލައިފި އެވެ

މި ކަމާއި ގުޅިގެން އެމެރިކާއިން ބުނެފައިވަނީ އިޒްރޭލުން ވެރިވެގެންފައިވާ ޣައްޒާ އަދި ވެސްޓް ބޭންކަށް އެމެރިކާއިން ދެމުންގެންދާ އެހީ، އެހެން މުހިންމު ދިމަދިމާލަށް ދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވާފައިވާކަމަށެވެ.މިހާރުވެސް އިޒްރޭލުން ޣައްޒާއަށް ލިބޭ އެހީ ހިފަހައްޓާފައިވާއިރު އެމެރިކާގެ މި ނިންމުމަކީ ސީދާ ސިޔާސީ ބޭނުމަށް ހާލުގައިޖެހިފައިވާ އެތަކެއް މިލިއަން ފަލަސްތީނު މީހުންނާއި ދެކޮޅަށް ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންވަނީ ސިފަކޮށްފައެވެ

މިއަހަރުގެ ޖެނުއަރީ މަހު އެމެރިކާއިން ވަނީ ފަލަސްތީނު ރެޖިއުޖީންގެ ހައްގުގައި މަސައްކަތްކުރާ އދ. ގެ ޖަމިއްޔާ ޔޫއެންއާރްޑަބްލިއުއޭ އަށް ދޭ އެހީގެ ބޮޑުބައެއްވެސް ކަޑާލާފައެވެ

ފަލަސްތީންގެ ރައްޔަތުން އެމީހުންގެ ބިން އަބުރާ ހޯދުމަށް އައްޒާއާ އިޒްރޭލު ގުޅޭ ބޯޑަރުގައި މުޒާހަރާތައް ކުރިއަށް ގެންދާތާ ހަތަރު މަސް ވެފައިވާއިރު، މިހާތަނަށް 166 ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ