English Edition
Dhivehi Edition

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓޭނެ ވެރިޔަކީ ރައީސް އަބްދުﷲ ޔާމީން ކަމަށާއި ރިޔާސީ އިންތިހާބުގައި ދެވޭ ވޯޓަކީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން ދެވޭ ވޯޓަކަށް ހެދުމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދި ވަޑައިގެންފިއެވެ

ރޭ ޝަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ގައުމު ދެކެ ލޯބިވާ ބަޔަކު ގައުމު އަޅުވެތިކުރުމަށް ނުގޮވާނެ ކަމަށެވެ. މީގެ އިތުރުން ޝަހީމް ވިދާޅުވީ ރައީސް ޔާމީނަށް ވޯޓު ދޭން ޖެހޭ ސަބަބަކީ ރާއްޖޭގެ މިނިވަން ކަމާއި އިސްލާމް ދީން ރާއްޖޭގައި ދެމެހެއްޓުމަށް ކަމަށެވެ

އަންނަ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ސަރުކާރުން ވޯޓު އޮޅުވާލައިފި ނަމަ، އިންޑިއާ ސިފައިން ރާއްޖެ ހިފަން ޖެހޭ ކަމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ރާޖަ ސަބާގެ ނުފޫޒު ގަދަ މެމްބަރު ސުބްރަމާނިއަން ސުވާމީ ވިދާޅުވުމާ ގުޅިގެން ސަރުކާރަށް ތާއިދުކުރާ ގިނަ ބަޔަކުދަނީ އެ ވާހަކަތަކަށް ރައްދު ދީ އެ ވާހަކަތައް ކުށްވެރިކުރަމުންނެވެ