English Edition
Dhivehi Edition
އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ރަސްގެތީމަށް ވަޑައިގަތުން --- ފޮޓޯ/ އެމްޑީޕީ

އިންތިހާބުގެ ފަހު، ގާނޫނާއި ހިލާފަށް ރައީސް އަބްދުﷲ ޔާމީން ކުރައްވާފައިވާ ކަންކަމަށް އެމަނިކުފާނު ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވެއްޖެއެވެ

ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އާއި ގެއަށް ވަން ފައިސާގެ މައްސަލައިގެ އިތުރުން މާލޭގެ މަގުމަތީގައި ގަތުލު ކުރެވި ޝަހީދުކުރެވިގެންދިޔަ މީހުންނާއި ބެހޭގޮތުން އެމަނިކުފާނު ދައްކަވާފައި ހުރި ވާހަކަތަކަށް އެ ދުވަހު ޖަވާބު ދޭން ޖެހިވަޑައިގަންނަވާނެކަމަށެވެ. މީގެ އިތުރުން އިބޫ ވިދާޅުވީ ރައީސް ޔާމީން އެތައް ކަމެއް ގާނޫނާއި ހިލާފަށް ކުރައްވާފައިވާ ކަމަށާއި އެތައް ކަމަކަށް އަމިއްލަ ބަހުން އިއުތިރާފްވެ ވަޑައިގެންފައިވާކަމަށެވެ

މީގެ އިތުރުން އިބޫ ވިދާޅުވީ ރައީސް ޔާމީން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންތައްތަކަކީ އެންމެ ރެއަކުން ކިޔާލެވޭ ވަރަށް ވުރެ ގިނަ ކަންތައްތަކެއް ކަމަށެވެ