English Edition
Dhivehi Edition

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލުމަށް ހުށަހެޅި ރީ ރެޖިސްޓްރޭޝަން ފޯމްތަކުގެ ތެރެއިން ބާތިލުކުރި 5626 ފޯމްގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ

އީސީ އިން ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރީ ރަޖިސްޓްރީވެފައިވާ 5،626 ފޯމު ބާތިލުކޮށްފައިވަނީ ސައްހަކަން ކަށަވަރުނުވާތީ ކަމަށާއި އެ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް ތިން ދުވަސް ދެއްވާނެ ކަމަށެވެ. އީސީ އިން ބުނެފައިވަނީ ހޯމަދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ހުރިހާ ރަށެއްގެ ރަށު ކައުންސިލު އިދާރާތަކުންނާއި އައްޑޫ އަދި ފުވައްމުލަކު ސިޓީގެ އަވަށު އޮފީސްތަކުންނާއި މާލޭގައި ނަމަ ބާ ޖަމާލުއްދީނުގައި ހުންނަ އިންތިހާބީ މަރުކަޒުން ފޯމު ލިބެން ހުންނާނެކަމަށެވެ

އިލެކްޝަނުން އަލުން ހުޅުވާލާ މުއްދަތުގައި ހަމަ އެކަނި އަލުން ރީ ރެޖިސްޓްރޭޝަން ފޯމު ހުށަހެޅޭނީ މައްސަލަ ޖެހުނު 5،626 މީހުންނަށް އެކަންޏެވެ