English Edition
Dhivehi Edition

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މާފުށީ ޖަލުން ދޫނިދޫ ޖަލަށް ބަދަލު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސެސް އިން ނިންމައިފި އެވެ

ހާލުކޮޅު ގޯސްވެ މި ހަފްތާގެ ތެރޭގައި މާފުށީ ޖަލަށް ޑޮކްޓަރުން ވެސް ފޮނުވާފައިވާއިރު ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ރައީސް މައުމޫން ދޫނިދޫއަށް ބަދަލު ކުރަން ނިންމާފައި ވަނީ ޖަލުތަކާއި ޕެރޯލުގެ ގާނޫނުގެ 46 ވަނަ މާއްދާގައިވާ ފަދަ ހާއްސަ ހާލަތެއް ކުރިމަތުވުމުން ކަމަށެވެ

ސިއްހީ ހާލުކޮޅު ހުރި ގޮތުން މައުމޫން އަވަހަށް ފަރުވާ ދެވޭ ކަހަލަ ތަނެއްގައި ބެހެއްޓުމަށް ޑޮކްޓަރުން ލަފާ ދީފައިވާ އިރު އެމަނިކުފާނު ގޭބަންދަށް ބަދަލު ކުރަން އާއިލާއިން މީގެ ކުރިން ވެސް ވަނީ އެދިފައެވެ

ރައީސް މައުމޫން ހައްޔަރުކޮށް، ހުކުމެއް އިއްވާފައިވަނީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހިންގި ތަހުގީގަކަށްފަހުއެވެ. އަދުލު އިންސާފަށް ހުރަސްއެޅި ކަމަށް ބުނެ ދައުލަތުން އުފުލި ދައުވާ ސާބިތުވުމާ ގުޅިގެން މިހާރު މައުމޫން ގެންދަވަނީ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުނެވެ.