English Edition
Dhivehi Edition

ކެރަލާއަށް ވިއްސާރަކޮށް ފެންބޮޑުވެ ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހުމާ ގުޅިގެން, ޔޫއޭއީން ދިން 100 މިލިއަން ޑޮލަރުގެ އެހީ ގަބޫލުނުކުރުމަށް އިންޑިއާއިން ނިންމުމާއި ގުޅިގެން ކެރަލާ ސްޓޭޓުގެ ލީޑަރުން ދިއްލީގައި ހުންނަ މައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ

މިހާރުވެސް ކެރެލާ ސްޓޭޓްގެ ހާލުގައި ޖެހިފައިވާ 1.3 މިލިއަން މީހުން ވަގުތީ ހިޔާތަކުގައި ތިބިއިރު ކެރަލާގެ ފިނޭންސް މިނިސްޓަރު ވިދާޅުވީ ޔޫއޭއީ އިން ދިން އެހީ ހުއްޓުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް އެ ފައިސާ މުހިންމު ނުވާތީ ކަމަށެވެ. މީގެ އިތުރުން ކެރަލާގެ ޗީފް މިނިސްޓަރުވެސް ވަނީ އެ މައްސަލައިގައި ކެރަލާ ސްޓޭޓުގެ ސަރުކާރާ މައި ސަރުކާރާ މަޝްވަރާކުރުންތައް ބޭއްވުމަށް ގޮވާލައްވައިފައެވެ

މައި ސަރުކާރުން ކެރެލާގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެކި ގައުމުތަކުން ވަމުން ގެންދާ އެހީތައް ގަބޫލުކޮށްފައިނުވާއިރު މި މައްސަލައިގައި އެ ސްޓޭޓްގެ ރައްޔަތުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ، ނުރުހުން ފާޅުކުރަމުންނެވެ