English Edition
Dhivehi Edition

ރިޔާސީ އިންތިހާބުގުގެ ކެމްޕޭނުގައި، ޕީޕީއެމްގެ ކުލަ ކަމަށްވާ ފިޔާތޮށި ކުލަ ބޭނުން ނުކުރަން އެ ޕާޓީން އެހެން ޕާޓީތަކަށް އަންގައިފި އެވެ

ރޭ ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ކުލަ އެމްޑީޕީގެ ޕޯސްޓަރުތަކާއި ހަރަކާތްތަކުގައި ބޭނުން ކުރާކަން ފާހަގަ ކުރެއްވިފައިވާ ކަމަށާއި ނަމަވެސް، ފިޔާ ތޮށި ކުލައަކީ އެޕާޓީގެ މައްޗަށް ރެޖިސްޓްރީކޮށްފައިވާ އެ ޕާޓީގެ ކުލައެއް ކަމަށެވެ. މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމްގެ މައްޗަށް ފިޔާތޮށި ކުލަ ރަޖިސްޓްރީވުމުގެ ނަތީޖާއެއްގެ ގޮތުން ސިޔާސީ މައިދާނުގައި ފިޔާތޮށި ކުލަ ބޭނުން ކުރެވޭނީ ހަމަ އެކަނި އެ ޕާޓީއަށް ކަމަށެވެ

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމުގެ ކުލަ ބޭނުން ކުރުމަކީ، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ އިންތިހާބީ ހައްގަށް އުނިކަން އަންނާނެ ކަމެއްކަމަށެވެ. އަދި ޕީޕީއެމްގެ ކުލަ އެހެން ޕާޓީތަކުން ބޭނުން ކުރުމަކީ ގާނޫނީ ގޮތުން، އެ ޕާޓީތަކަށް ލިބިގެންވާ ހައްގެއް ނޫން ކަމަށްވެސް މި ބަޔާނުގައި ވަނީ ބުނެފައެވެ