English Edition
Dhivehi Edition

ރައީސް އަބްދުﷲ ޔާމީން މި މަހު ކުރީކޮޅު ގދ. ގައްދޫ އަށް ކުރެއްވި ދަތުރުފުޅުގައި މަރުހަބާ ދެންނެވުމަށް، އެރަށުގެ ޕީޕީއެމް ސަޕޯޓަރުން ހަދާފައި ހުރި މަރިޔާދުގޭގައި ރޭ ހުޅުޖެހި މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި އެވެ.

ރޭ 10:30 ހާއިރު މަރިޔާދުގޭގައި އަލިފާން ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި އުމުރުން 40 އަހަރުގެ ފިރިހަނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ލަކުޑި އާއި ފަނުން، އުނދޯއްޔަކާ އެކު ޕީޕީއެމްގެ ސަޕޯޓަރުން ހަދާފައިވާ މަރިޔާދުގޭގައި ރޯވެފައިވާ އަލިފާން ގަނޑު ނިއްވާލުމަށް މަސައްކަތްކޮށްފައި ނުވާއިރު އެ ރަށުން ވާހަކަދެއްކި މީހަކު ބުނެފައިވަނީ އަލިފާން ގަނޑު ނިއްވާލަން މަސައްކަތް ނުކުރީ ހުޅުގަނޑު ހިފާފައި ހުރިލެއް ބޮޑުކަމުންކަމަށެވެ.