English Edition
Dhivehi Edition

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު ގޯސްވެ، މާލެއިން މާފުށީ ޖަލަށް ޑޮކްޓަރުން ގެންގޮސް ފަރުވާދޭން ނިންމައިފި އެވެ

މައުމޫންގެ ވަކީލް ހުސެއިން ޝަމީމް ވިދާޅުވީ މާފުށީ ޖަލުގައި ހައްޔަރު ކޮށްފައިވާ މައުމޫންގެ ހާލުކޮޅު ގޯސްވި ކަމުގެ މައުލޫމާތު ލިބިވަޑައިގަތީ، މައުމޫންގެ ވަކީލުންގެ ބައްދަލުވުމެއް ހެނދުނަށް ތާވަލް ކުރުމަށް ފަހު، ކެންސަލް ކުރުމުން ކަމަށާއި މައުމޫނަށް ފަރުވާ ދިނުމަށް މާލެ އިން ޑޮކްޓަރެއް ގެންދިއުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ

މައުލޫމާތު ލިބިފައިވާ ގޮތުގައި މައުމޫންގެ ސިއްހީ ހާލަތު ކުރިއަށް ވުރެ ގޯސްވެފައިވާތީ އިތުރު ފަރުވާޔަށް މާލެ ގެނައުމަށް މާފުށީގެ ޑޮކްޓަރުން ލަފާދީފައިވާ ކަމަށާއި މައުމޫން މާލެ ވަޑައިގަތުމަށް ތައްޔާރުވެވަޑައިގަތް ކަމަށެވެ. އެހެންނަމަވެސް ފަހުން މައުމޫން މާލެ ނުގެންނަން ނިންމައި ޖަލަށް މާލެއިން ޑޮކްޓަރުން ގެންދާ ގޮތަށް ހަމަޖެއްސައި މިހާރު ޑޮކްޓަރުން ވަނީ މާފުއްޓަށް ގޮސްފަ އެވެ

ކުރީގެ ރައީސް މައުމޫން އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެމަނިކުފާނުގެ ފޯން ދީފައި ނުވާތީ، ދައުލަތުން އުފުލި، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެގެން ނެވެ.