English Edition
Dhivehi Edition

ރީ ރެޖިސްޓްރީ ކުރުމަށް ފޯމު ހުށަހަޅަން ހުޅުވާލީ ފުރުސަތުގައި ބައެއް ފަރާތްތަކުން އޮޅުވާލަން ނުބައި ފިންގަޕްރިންޓްތަކެއް ޖަހާ ފޯމުތަކެއް ހުށަހަޅާފައިވާކަމަށް ލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް މިއަދު އިންތިހާބީ މަރުކަޒުގައި ބޭއްވި ރައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވިދާޅުވީ ސައްހަނޫން ފޯމު ހުށަހެޅި މީހުންނާއި ފިންގަ ޕްރިންޓް ޖެހި މީހުން އިލެކްޝަނަށް އެނގޭކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ކަންކަން އޮޅުވާލަން މަސައްކަތް ކުރި މީހުން ގޮވައިގެން ދައުވާ ކުރާނެ ކަމަށް ޝަރީފްވަނީ ވިދާޅުވެފައެވެ

މީގެ އިތުރުން ޝަރީފް ވިދާޅުވީ ރި ރެޖިސްޓްރީ ކުރަން ފޯމެއް ވައްދާފައި އޮވެގެން ނޫނީ ފޯމު ރެޖިސްޓްރީ ކޮށްފައި ނޯންނާނެ ކަމަށާއި އިންތިހާބުގެ އެއްވެސް ކަމެއް އިލެކްޝަންސް ކޮމިޝަނުން އޮޅުވާ ނުލާނެކަމަށެވެ