މާލޭގައި އޭރު ގޮނޑުވަމުން ދިޔަ ސަލްޓަން ޕާކްގެ ގޮނޑުކަން ފިލުވާލާ ފެންސް ޖަހާނުލެވުނު ބޭފުޅަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް 600 މިލިއަން ޑޮލަރަށް ތަރައްޤީ ކުރެވޭނެ ކަމަށް ވިދާޅުވުމުން ހައިރާންވާކަމަށް އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ
ކުރީގެ މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ދެއްކެވި ވާހަކަތަކަށް އިޝާރަތްކުރައްވާ ވަކި މީހެއްގެ ނަން ހާމަނުކޮށް ސައީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ވަޒީރުކަމުގެ އެއް އަހަރު ވީއިރުވެސް މާލޭގައި އޭރު ގޮނޑުވަމުން ދިޔަ ސަލްޓަން ޕާކްގެ ގޮނޑުކަން ފިލުވާލާނުލެވުނު މީހުން މިމޫސުމުގައި ތިލަވެ 600 މިލިއަން ޑޮލަރަށް އެއާޕޯޓް ތަރައްޤީ ކުރެވޭނެ ވާހަކަ ދެއްކުމުން ހައިރާންވާކަމަށެވެ
އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މަލީހް ވިދާޅުވީ ޖަޕާނާއި ހެޔޮ އެދޭ އެހެން ގައުމުތަކުގެ އެހީތެރިކަމާއެކު އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު 650 މިލިއަން ޑޮލަރަށް ކުރެވެން އޮތް ކަމަށެވެ