English Edition
Dhivehi Edition

އިދިކޮޅު ޕާޓީތަކަށް ވެރިކަން ދީފިނަމަ ، ރާއްޖޭގައި އޮންނާނީ އެއް ބަޔަކު އަނެއް ބަޔަކަށް ޖާސޫސު ކުރުމާއި ހަމަނުޖެހުމާއި ތަޅާފޮޅުން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ

ފުވައްމުލަކު ރައްޔަތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަމުން ޑރ.ޝަހީމް ވިދާޅުވީ މި އިންތިޚާބުގައި، އިދިކޮޅު ޕާޓީތަކަށް ފުރުސަތު ދީފި ނަމަ، ދައުލަތް ވަރަށް ބޮޑަށް ބަލިކަށިވެ، ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ޝަހީމް ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ފުރަތަމަ ތަޅާފޮޅުމަކަށް ވާނީ އެކި ޕާޓީތައް ތަމްސީލް ކުރާނެ ކެބިނެޓުގެ މަގާމްތައް ބަހާނެ ގޮތަކާ މެދުގައި ކަމަށެވެ

މީގެ އިތުރުން ޑރ،ޝަހީމް ވިދާޅުވީ ރައީސް ޔާމީން ރިޔާސީ ދެ ވަނަ ދައުރަކަށް ހޮވަން ޖެހޭ ސަބަބަކީ އިސްލާމީ ރިވެތި އުސޫލްތަކާ އެއްގޮތަށް ގައުމު ހިންގޭނެ ގާބިލް ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން އަށް ވާތީ ކަމަށެވެ. އަދި އެމަނިކުފާނުގެ ފުރަތަމަ ދައުރުގެ ތެރޭގައި، ރައްޔިތުންނަށް އެކަން ސާބިތުކޮށްދީފައިވާ ކަމަށް ޝަހީމްވަނީ ވިދާޅުވެފައެވެ