ރިޔާސީ އިންތިހާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ މީހުންގެ ފޯމުތައް މިއަދު ޕްރޮސެސްކޮށް ނިމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށާއި މިއަދުގެ ނިޔަލަށް މަސައްކަތް ނިންމޭނެކަމަށް ލަފާކުރައްވާ ކަމުގައެވެ
ރީ-ރެޖިސްޓްރޭޝަންގައި ސަރުކާރުން މަކަރު ހަދަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފައިވާއިރު ރީ-ރެޖިސްޓްރޭޝަނަށް ފޯމު ހުށަހެޅި އެތައް ބަޔަކު އަދިވެސް ރަޖިސްޓްރީ ނުވާތީ އެކަމުގެ ޝަކުވާތައް ގިނަ ބަޔަކުދަނީ ކުރަމުންނެވެ
މިއަހަރުގެ އިންތިހާބުގައި ރީ-ރަޖިސްޓްރީވުމަށް 95.000 މީހުން ވަނީ ހުށަހަޅާފައެވެ. އީސީ އިން ފޯމްތައް ބެލުމަށްފަހު ސައްހަ ނޫން ފޯމުތައް އުނިކޮށް އެންޓާ ކުރުމުން އެ އަދަދު މަދުވާނެކަމަށް އެ ކޮމިޝަނުންވަނީ ބުނެފައެވެ.