އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަން ކުރައްވަން ވަޑައިގަންނަވަނީ ފަސް އަހަރުގެ ދައުރަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެމެމްބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ
އިބޫ ވެރިކަމަށް ކުރިމަތިލެއްވީ ދޮޅު އަހަރުގެ ވެރިކަމެއް ކުރައްވަން ކަމަށް ބުނެ، ޕީޕީއެމްގެ ބައެއް މެމްބަރުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި، އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވި އިބޫ އިންތިހާބުގައި ވާދަކުރައްވަނީ ދޮޅު އަހަރުގެ ވެރިކަމެއް ކުރައްވަން ނޫން ކަމަށާއި ޕީޕީއެމް އިން ދައްކަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމުގައެވެ
މީގެ އިތުރުން އިބްރާހީމް މުހައްމަދު ދީދީ ގާނޫނުއަސާސީގެ ބައެއް މާއްދާތަކަށް އިޝާރާތް ކުރައްވައި، ވިދާޅުވީ އިބޫ ދޮޅު އަހަރުގެ ވެރިކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފައި ނުވާ ކަމަށާއި އިބޫ ކުރިމަތިލެއްވީ ގާނޫނުއަސާސީ އާއި ގާނޫނުން ކަނޑައަޅާފައިވާ ރިޔާސީ ދައުރަކަށް ކަމަށެވެ. އަދި ރައްޔިތުންގެ ވޯޓަކުން ނޫނީ ރިޔާސީ ދައުރު ބަދަލު ނުކުރެވޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ