English Edition
Dhivehi Edition

މާދަމާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އުމްރާއަކަށް ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ

މިއަދު މާރިޔާ ވިދާޅުވީ އުމްރާއަކަށް ސައުދި އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށްފަހު އިބޫ ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުގައިކަމަށެވެ. އަދި އިބޫ އުމްރާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދި އަރަބިއްޔާގެ އޮފިޝަލުންނާ ވެސް ބައްދަލު ކުރައްވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ

ސައުދީ އަރަބިޔާ އަކީ އިބޫ އަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރެވުމުން އެންމެ ފުރަތަމަ މަރުހަބާ ދެންނެވި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެވެ. އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު މި މަހުގެ 17 ވަނަ ދުވަހު ބާއްވާއިރު އެ ރަސްމިއްޔާތަށް ސައުދި އަރަބިއްޔާގެ އިސް ބޭފުޅުންނަށް ވެސް ވަނީ ދައުވަތު ދެއްވާފަ އެވެ.