ޕީޕީއެމްގެ މެނިފެސްޓޯ ނުފެނިގެން އިދިކޮޅު ފަރާތްތަކަށް ކަންބޮޑުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ
ތިމަރަފުށީ ރައްޔަތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ޕީޕީއެމްގެ މެނިޕެސްޓޯގެ އިންތިޒާރުގައި އެ އުންމީދުގައި އިދިކޮޅު ފަރާތްތަކުން ތިއްބެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ މެނިފެސްޓޯގެ ތަފްސީލު ފޮތެއް ވަރަށް އަވަހަށް ނެރުއްވާނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި ކުރާނެ ހުރިހާ ކަމެއް “އަލިފުން ޔާ އަށް މެނިފެސްޓޯގައި ނުހިމެނޭނެ” ކަމަށެވެ
މީގެ އިތުރުން ޔާމީން ވިދާޅުވީ ގާނޫނުތަކަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ޖުޑިޝަލް ސިސްޓަމަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ވާހަކަ ޕީޕީއެމްގެ މެނިފެސްޓޯގައި ނުހިމެނޭނެ ކަމަށާއި އޭގެ ބަދަލުގައި މެނިފެސްޓޯގައި ހިމެނޭނީ ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ މަޝްރޫއުތަކުގެ ވާހަކަ ކަމަށެވެ