English Edition
Dhivehi Edition

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް ރަށްރަށަށް އަރާ ވައުދުވަމުން ދަނީ މި ސަރުކާރުން ކޮށްދޭކަންކަން ހަމަ އެގޮތަށް ކޮށްދޭން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ

ތ.ތިމަރަފުށީ ރައްޔަތުންނާއި ބައްދަލުކުރައްވާ ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ތަރައްގީގެ މަޝްރޫއެއްގެ ވާހަކަ ވިދާޅުވަންޏާ ވިދާޅުވާން ޖެހެނީ “ރައީސް ޔާމީން ފަށާފައި ހުރި މަސައްކަތެއް ނިންމައިދޭނަމޭ” ކަމަށާއި އާ ކަމެއް ކޮށްދޭން ވައުދު ނުވާކަމަށެވެ.މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫއުތަކުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން މިހާތަނަށް ނުނިމި ހުރި މަޝްރޫއުތައް ނިންމާނެކަމަށް ވިދާޅުވާތީ އުފާކުރާ ކަމަށެވެ.އެހެން ނަމަވެސް އެމަނިކުފާނު ފައްޓަވާފައި ހުރި މަޝްރޫއުތައް ނިންމަން އެންމެ ޝައުގުވެރިކަން ހުންނާނީ އެމަނިކުފާނު ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގެންގުޅުއްވާ ޖަޒީރާ ކޮންސެޕްޓަކީ ރައްޔިތުންނަށް އެހާ އަހުލުވެރި ކޮންސެޕްޓެއް ނޫންކަން ރައްޔިތުން ގަބޫލުކުރާ ކަމަށާއި އަދި އެކކަން އިދިކޮޅުފަރާތްތަކުން ވެސް ގަބޫލު ކުރާ ކަމަށެވެ