English Edition
Dhivehi Edition

އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމަށް ހޮވިއްޖެނަމަ އޭނާ ވެގެންދާނީ ރައްޔިތުންގެ “ޕަޕެޓް” އަކަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެމްޕެއިނުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ،އިބޫ އަކީ މަޖިލީހުގެ ފަސް ދައުރު ރައްޔިތުންގެ ތާއީދާއެކު ކާމިޔާބުކޮށް 25 އަހަރު ދުވަހު މަޖިލީހުގައި މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމަށެވެ. އަދި އިބޫ އިންތިހާބު ކާމިޔާބުކުރައްވައިފިނަމަ ވެގެންދާނީ ރައްޔަތުން ތަމްސީލްކުރައްވާ، ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭ ‘ރައްޔަތުންގެ ޕަޕެޓް’ އަކަށް ކަމަށެވެ

އިއްޔެ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދޫ ފުވައްމުލަކު ގެ ރައްޔަތުންނާއި ބައްދަލުކުރައްވައި އިބޫ ވެގެންދާނީ ބޭރު ފަރާތްތަކުގެ މަންދޫބަކަށް ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަށް މާރިޔާވަނީ ރައްދު ދެއްވާފައެވެ. ޝަހީމްގެ ވާހަކަތަކަށް ރައްދު ދެއްވާ މާރިޔާ ވިދާޅުވީ، ޝަހީމްފަދަ އަލަށް ވޯޓަކާއި ކުރިމަތިލާން ނިކުންނަވާ ބޭފުޅަކު އެގޮތަށް ވިދާޅުވުމުން ހައިރާންވާކަމަށެވެ