English Edition
Dhivehi Edition

އިންޑިއާގެ ދެކުނުގެ ސްޓޭޓެއްކަމަށްވާ ކެރެލާއަށް ބޯކޮށް ވާރޭވެހި ބިންގަޑު ކަނޑައިގެންދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 37 އަކަށް އަރައިފިއެވެ

ބުދަ ދުވަހުން ފެށިގެން ކެރެލާއަށް މޫސުމް ގޯސްވެ ވާރޭވެހެމުންދާއިރު އެ ސްޓޭޓްގެ 1031 ހެކްޓަރުގެ ގޮވާމުގެ ބިންތައް ވަނީ ހަލާކުވެފައެވެ. މި ހާދިސާގައި 31،000 މީހުންގެ ގެދޮރު ގެއްލިފައިވާއިރު މިހާރު އެމީހުން ވަނީ މީހުން ބޭތިއްބުމަށް ސަރުކާރުން ގާއިމްކޮށްފައިވާ ކޭމްޕްތަކަށް ބަދަލުކޮށްފައެވެ

ކެރެލާގެ 14 ޑިސްޓްރިކްޓްގެ ތެރެއިން 8 ޑިސްޓްރިކްޓަށް އެންމެ ނުރައްކާތެރި ހާލާތުގެ އިންޒާރުނެރެފައިވާކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ އޮފިޝަލަކުވަނީ ބުނެފައެވެ. އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ވިއްސާރަކުރާނެކަމަށް ލަފާކޮށްފައިވާއިރު ފެންބޮޑުވެފައިވާ ސަރަހައްދުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ