English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ފޯމް ހުށަހެޅި އަމިއްލަ ކެންޑިޑޭޓް، ހުސައިން ނަސީރްގެ ފޯމް އިލެކްޝަން ކޮމިޝަނުން ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމަވައިފި އެވެ

ނަސީރުގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާގެ ރަނިންމޭޓް ޝޭހް ނަސްރުﷲ މުސްތަފާ ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ވަނީ ނަސީރުގެ ހައްގު ނިގުޅައިގެންފައިކަމަށެވެ. އަދި އީސީ އިން ފޯމު ބާތިލްކުރިކަން ގަވާއިދާ އެއްގޮތަށް އެންގި ނަމަވެސް، ވަގުތު ކުޑަތަންވެފައި އޮއްވައި އަލުން ފޯމް ހުށަހަޅަން ފުރުސަތު ނެތްގޮތަށް ފޯމްސެޓް އެއްކޮށް ހުށަހެޅުމަށް އަންގާފައިވަނީ ނަސީރަށް ފުރުސަތު ހަނިވާ ގޮތަށް ކަމަށެވެ.

މި މައްސަލައިގައި އީސީ އިން ބުނެފައިވަނީ ނަސީރުގެ ފޯމް ބާތިލްކޮށްފައިވަނީ، އަމިއްލަ ގޮތުން އިންތިހާބަށް ނުކުންނަ ނަމަ، ހުށަހަޅަން ޖެހޭ 1،500 މީހުންގެ ސޮއިގައި މައްސަލަތަކެއް ހުރުމުންކަމަށެވެ. އަދި ނަސީރުގެ ރަނިންމޭޓަކަށް ހުށަހަޅުއްވާފައިވާ ޝޭހް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑްތަކެއް ހުރުމުން އީސީ އިންވަނީ އޭނާއަށް މުއްދަތު ހަމަވުމުގެ ކުރިން ފޯމްސެޓް އެއްކޮށް އަލުން ހުށަހެޅުމަށް ފުރުސަތުދީފައިކަމަށެވެ