ރޭ އިދިކޮޅު ކޯލިޝަންުގެ ބޮޑު ޖަލްސާ އެއް ބޭއްވުމަށްޓަކައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަން އެމްޑީޕީ އަށް ދޫކޮށްފައިވަނިކޮށް އެ ޖަލްސާ ފަސް ކުރަން ނިންމައިފި އެވެ
އެމްޑީޕީގެ ސެކެޓަރީ ޖެނެރަލް އަނަސް އަބުދުއްސައްތާރު ވިދާޅުވީ ހައުސިން މިނިސްޓްރީން ދަރުބާރުގޭ ދޫކުރާނެ ކަން އެންގީ ބުރާސްފަތިދުވަހުގެ ހަވީރުކަމަށެވެ. އަދި ޖަލްސާ ފަސް ކުރަން ނިންމީ ތައްޔާރީތައް ވާން ވަގުތު ނެތުމުން ކަަމަށްވެސް އެ ޕާޓިންވަނީ ބުނެފައެވެ
އެމްޑީޕީން މި މަހުގެ ދެ ވަނަ ދުވަހު ހައުސިން މިނިސްޓްރީގައި ދަރުބާރުގެ ހޯދުމަށް އެދިފައިވާއިރު އެ މިނިސްޓްރީން ވަނީ ބުރާސްފަތިދުވަހު ދަރުބާރުގޭ ޖަލްސާއަށް ދޭން ނިންމިކަން އަންގާފަ އެވެ
.