English Edition
Dhivehi Edition

ބޮލީވުޑްގެ ބަތަލާ ނެހާ ދޫޕިއާ އާއި އަންގަދް ބޭދީއާ ގެ ކައިވެނީގެ ހަބަރާއެކު ގިނަ ބަޔަކަށް ލިބިގެން ދިޔައީ ކުއްލި ހައިރާންކަމެކެވެ

ނެހާގެ އާއި އަންގަދްގެ ކައިވެންޏާއި އެކު އެންމެ ބާރަށް ދެކެވުނު ވާހަކައަކީ އެ ދެމީހުންގެ ‘ ކުއްލި ކައިވެނީ’ ގެ ސިއްރަކީ ނެހާ ބަނޑުބޮޑުވުންކަމުގައެވެ. މި ވާހަކަތައް މީޑިއާތަކުގައި ފެތުރެން ފެށުމާއެކު ނެހާ ބައްޕަވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. އޭރު އަންގަދްވެސް ބުނެފައިވަނީ އެމީހުން އަދި ދަރިއަކު ހޯދަން ވިސްނާފައިނުވާކަމަށާއި ފުރަތަމަ ބޭނުންވަނީ ގެެއެއްގަނެ ދެމީހުންވެސް ކެރިއަރާއި މެދު ވިސްނަން ކަމުގައެވެ.

އެހެންނަމަވެސް މިހާރު އަނެއްކާވެސް ނެހާ ބަނޑުބޮޑު ކަމުގެ ހަބަރުތައް މީޑިއާގައި ފެތުރުފައިވާއިރު އެކަން އެ ދެމީހުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށްވެސް ގިނަބަޔަކު ދަނީ ބުނަމުންނެވެ. މި ދެމީހުންގެ ގާތް ފަރާތަކުން ބުނެފައިވަނީ ނެހާ މިހާރު ކުރިއަށްވުރެ ބަރުދަން ވެސް އިތުރު ވެފައިވާކަމަށާއި އޭނާ އަޅާ ހެދުންވެސް ކުރިއާއި ތަފާތުކަމަށެވެ.

މިހާރު ގިނަބަޔަކު އިންތިޒާރުކުރަމުންދަނީ ނެހާ އާއި އަންގަދް މީގެ ކުރިން ދޮގުކޮށްފައިވާ ވާހަކަތައް އެމީހުންގެ ދުލުން ރަސްމީކޮށް އަންގާނެ ވަގުތަކަށެވެ،