ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީއަށް ހާޒިރުވުމަށް އަންގައިފިނަމަ އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ
އާދަމް ޝަރީފް މިހެން ވިދާޅުވީ ރާއްޖޭގެ އަމަން އަމާންކަން ނަގާލުމަށް ބަޔަކު ރާވަމުންދާ ކަމަށް ބުނެ ފޭސްބުކްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ޑިފެންސް މިނިސްޓަރު ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށް ހާޒިރުކުރަން އެދިފައިވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ހަތަރު މެންބަރަކު ސޮއިކޮށް ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީގެ މުގައްރިރަށް ވަނީ އެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި މިނިސްޓަރު އާދަމް ޝަރީފް ހާޒިރުކޮށްދިނުމަށް އެދިފައެވެ.އާދަމް ޝަރީފް އުމަރު، ސަލަމަތީ ހިދުމަތްތަކާއި ބެހޜ ކޮމެޓީއަށް ހާޒިރުކޮށްދިނުމަށް އެދިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ އާއިއާއި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމްގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ދީދީ އެވެ