English Edition
Dhivehi Edition
ކުރީގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ދިވެހި ސިފައިންނާއެކު

ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ގައްސާން މައުމޫން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ގައްސާން އިސްތިއުފާ ދެއްވާފައި މިވަނީ ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ. މިއަދުގެ ވަގުތެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވެސް ވަނީ މަގާމުން ވަކިކުރައްވާފައެވެ.

ގައްސާން މަގާމުން އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ސަރުކާރުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މިއީ މި ސަރުކާރުގެ ކެބިނެޓަށް މިހާތަނަށް އައި އެންމެ ބޮޑު ލޮޅުން ކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. ގައްސާން މައުމޫނަކީ މި ސަރުކާރު އެކުލަވާލީއްސުރެ ޑިފެންސް މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ.

މި ބަދަލުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.