English Edition
Dhivehi Edition

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ހުއްދަ ނުހޯދައި، ހުޅުމާލޭގައި ހިންގި އިދިކޮޅު ކޯލިޝަންގެ ޖަގަހަ ހުއްޓާލުމަށް އެ ކުންފުނިން އެންގުމާ އެކު، އެ ތަން ބަންދުކޮށްފި އެވެ.

މިއަދު އިދިކޮޅު ކޯލިޝަންގެ ޖަގަހަ އެ ތަން ހިންގާފަރާތުން ބަންދުކޮށްފައިވާއިރު، 10،000 ރުފިޔާއިން އެ ޖަގަހަ ވަނީ ޖޫރިމަނާކޮށްފައެވެ. ބަންދުކުރަށް އެންގީ ނިރޮޅުމަގުގައި ހުރި އަމިއްލަ މީހެއްގެ އިމާރާތެކެވެ.ޖަގަހަ ހުއްޓާލަން އެޗްޑީސީން އަންގާފައިވަނީ، ޖޫރިމަނާ އެ ތަނުގެ ވެރިފަރާތުން ދައްކާފައި ވަނިކޮށެވެ.

އެޗްޑީސީން، އިމާރާތުގެ ވެރި ފަރާތަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ޖަގަހަ ހިންގަމުން ދިޔައީ، އެ ކުންފުނިން ނަގަން ޖެހޭ ‘އިމާރާތް ބޭނުން ކުރުމުގެ ހުއްދަ’ ނުނަގައި ކަމަށެވެ