English Edition
Dhivehi Edition

ކުދި ކަނޑު އުޅަނދުތަކުގެ އަހަރީ ފީ ދައްކަން ނުޖެހޭ ގޮތަށް ހަދައި ކަނޑުގެ އުޅަދުތަކުގެ އަހަރީ ފީ ނުދެއްކިގެން ދައްކަން ޖެހިފައިވާ ޖޫރިމައިނާ ގެ ފައިސާ މައާފުކޮށްދޭ ގޮތަށް ހަމަޖައްސައިފިއެވެ

މިއަދު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ނެރުނު އިއުލާންގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކަނޑުގައި ސަރަހައްދުގައި ބޭނުންކުރުމަށް ރަޖިސްޓްރީ ކުރެވޭ ލޯކަލް އުޅަނދުފަހަރުގެ ތެރެއިން 9 މީޓަރަށް ވުރެ ކުދި ބޮއްކުރާ ، ޑިންގީ އަދި ކުދި ދޯނިގެ އަހަރީ ފީދެއްކުން އިސްތިސްނާ ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމާފައިވާކަމަށެވެ. އަދި އަހަރީ ފީ ނުދެއްކިގެން ޖޫރިމައިނާ ކޮށްފައިވާ އުޅަދުތަކާއި އެކި ސަބަބުތަކާހުރެ ގެއްލިފައިވާ ނުވަތަ ނެތިގޮސްފައިވާ ބޮއްކުރާ،ކުދި ދޯނި އަދި ބޮޑެތި އުޅަދުތަކުގެ ރަޖިސްޓްރީ ބާތިލް ނުކުރެވި ދިއުމުން ދައްކަންޖެހޭ ޖޫރިމަނާ 24 ޖުލައި އިން ފެށިގެން މައާފް ކުރުމަށް ނިންމާފައިވާކަމަށެވެ.

އެ މިނިސްޓްރީގެ އިއުލާންގައި ބުނެފައިވަނީ މިގޮތަށް ނިންމާފައިވަނީ މިކަމުގެ ސަބަބުން ރައްޔަތުންނަށް ގިނަ އުދަގޫތަކެއް ދިމާވަމުން ދިއުމާއި ގުޅިގެންކަމަށެވެ.