English Edition
Dhivehi Edition

ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު އިންތިޚާބަށް ކުރިމަތި ލުމަށް ބޭނުންވާ ސޮއި ހޯއްދަވައިފިއެވެ

އުމަރުގެ ރަސްމީ ފޭސްބުކް ޕޭޖްއިން ކޮށްފައިވާ ޕޯސްޓްއެއްގައި ބުނެފައިވަނީ މިއަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ހޯދަންޖެހޭ މީހުން ސޮއި ހޯއްދަވާފައިވާ ކަމަށެވެ. އަދި މި ސޮއި ހޯދުމަށް ހިލޭސާބަހަށް ހަރަކާތްތެރިވި ފަރާތްތަކަށާއި ސޮއި ކުރެއްވި ހުރިހާ ބޭފުޅުންނަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވާ ކަމަށް އެ ޕޯސްޓުގައިވަނީ ބުނެފައެވެ

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް 4 ބޭފުޅަކު މިހާތަނަށް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މިހާތަނަށް އިންތިޚާބުގައި ވާދަ ކުރެއްވުމަށް ނިންމަވާފައިވާ ފަރާތްތަކުގެ ތެރެއިން އިލެކްޝަންސްއަށް ނަން ހުށަހަޅާފައިވަނީ އިދިކޮޅު ކެންޑިޑޭޓް އިބްރާޙިމް މުޙައްމަދު ޞާލިޙް އެކަންޏެވެ