English Edition
Dhivehi Edition

އިއްޔެ ހަވީރު އިންޑޮނީޝިއާގެ ލޮމްބޮކް އައިލެންޑަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 91 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ

ރިކްޓާ މިންގަނޑުން 7 ގެ ބާރު މިނުގައި އައި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.

ބިންހެލުމަށް ފަހު ވަނީ 130 އަށް ވުރެ ގިނަ ލޮޅުންތައް އަރައިފަ އިވާއިރު ލޮމްބޮކުން އެތައް އިމާރާތެއް ވެއްޓި، ބޮޑު ބަޔަކުން ވަނީ ކަރަންޓް ވެސް ކެނޑިފަ އެވެ

ބާލީގެ ހުޅަނގުން 40 ކިލޯ މީޓަރު (25 މޭލު) ދުރުގައި އޮންނަ ލޮމްބޮކްގެ އާބާދީގައި ތިން މިލިއަނެއްހާ މީހުން ހިމެނެއެވެ. އަދި އެ ސަރަހައްދަކީ ކޮންމެ އަހަރަކުވެސް އެތައް ހާސް ފަތުރުވެރިންނެއް ޒިޔާރަތްކުރަމުންދާ ސަރަހައްދެކެވެ