English Edition
Dhivehi Edition

ހުޅުމާލޭގައި ހުންނަ ރެޑްވޭވް ފިހާރަ ކައިރީގައި ހުރި ބިލްބޯޑެއްގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިންމޭޓު ފައިސަލް ނަސީމްގެ ފޮޓޯތައް ތަތްކޮށްފައި ހުއްޓައި އެ ޕޯސްޓަރުތައް ވީދަލި މައްސަލަ ހޫނުވެއްޖެއެވެ

“ރައީސް ޔާމީން 2018” ޖަހާފައިވާ ޕީޕީއެމްގެ ޓީޝާޓު ލައިގެން ތިބި އެޗްޑީސީގެ ދެ މުވައްޒަފުން އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާއިރު އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މިއީ ރައީސް ޔާމީން އިންތިހާބުން ބަލިވާނެކަމުގެ ނަޝާނެއްކަމުގައެވެ.މި މައްސަލައިގައި ޕީޕީއެމް އިން ބުނެފައިވަނީ އިދިކޮޅު ފަރާތްތަކުން ޕޯސްޓަރު ހަރުކޮށްފައިވަނީ ރައީސް ޔާމީންގެ ފޮޓޯފުޅެއް ޖެހި ޕޯސްޓަރެއް ބިލްބޯޑުގައި ހަރުކޮށްފައި ވަނިކޮށް، އެ ނައްޓާލުމަށް ފަހު ކަމަށެވެ

.

މި މައްސަލައާއި ގުޅިގެން މަހްލޫފްގެ ފާޑު ކިޔުންތައް އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރުއަހުމަދު ބުންޔާމީންއަށް އަމާޒުވެފައިވާއިރު އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޕޯސްޓަރުތައް ހަރުކުރީ ޕީޕީއެމްގެ ބިލްބޯޑެއްގައި ކަމަށާއި އެ ބިލްބޯޑުގައި އިދިކޮޅު ފަރާތްތަކަށް ޕޯސްޓަރު ހަރު ނުކުރެވޭނެ ކަމަށެވެ

.