English Edition
Dhivehi Edition

ޓްރަމްޕަކީ އިތުބާރު ނުކުރެވޭ މީހެއް ކަމަށާއި އޭނާއާ އެކު ކުރާ މަޝްވަރާއަކީ ބޭކާރު ކަމެއް ކަމަށް އީރާނުގެ ވެރިން ބުނެފިއެވެ

އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވިތާ ތިން މަސް ފަހުން، މިދިޔަ ހޯމަ ދުވަހު ޓްރަމްޕް ވަނީ ރޫހާނީ އާއި ބައްދަލުކޮށް ދެ ގައުމުގެ ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ

އެއްވެސް ޝަރުތަކާ ނުލައި އީރާންގެ ރައީސް ހަސަން ރޫހާނީއާ ބައްދަލު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި، ހުށެހުޅުމާއި ގުޅިގެން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ބަހްރާމް ގާސިމީ ވިދާޅުވީ ޓްރަމްޕުގެ ހުށަހެޅުމާއި އޭނާގެ އަމަލުތަކާ ދިމާ ނުވާ ކަމަށެވެ. އިރާންގެ އިސް އޮފިޝަލުން ވިދާޅުވީ އެމެރިކާ އިން ނިއުކްލިއާ އެއްބަސްވުމުން ވަކިނުވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ނޭޅި ނަމަ އެމެރިކާއާ އެކު މަޝްވަރާ ކުރުމުގައި މައްސަލައެއް ނެތްކަމަށެވެ

.