ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި މިހާތަނަށް 20،000 މީހުން ރީ-ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ
އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ، ރިޔާސީ އިންތިޚާބަށް 70،000 މީހުން ރީ-ރަޖިސްޓްރީ ކުރާނެ ކަމަށް ބެލެވޭ ކަމަށާއި މިހާތަނަށް 20،000 މީހުން ރިޔާސީ އިންތިޚާބަށް ރިރަޖިސްޓްރީ ކޮށްފައިވާ ކަަމަށެވެ.
ސެޕްޓެމްބަރ 23ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބިފައިވާއިރު އިންތިޚާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކުގައި 490 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެއެވެ.