ރައްޔިތުންގެ މަޖިލިހުގެ އިދާރާ ހިމެނޭ ސަރަހައްދު ބަންދުކޮށް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަން ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ނެރުނު ހުކުމުން ކަށަވަރުވާ ކަމަށް ބުނެ، މެމްބަރުން މިއަދުގެ ޖަލްސާ ގައި ބައިވެރިވެވަޑައިގަންނަވާނެ ކަން އިއުލާންކޮށްފައި ވަނިކޮށެވެ.
އެ ސަރަހައްދުގައި ފުލުހުން އެންމެ ފުރަތަމަ ހަރަކާތްތެރިވާން ފެށީ 9 ޖަހަން އުޅެނިކޮށެވެ. އެކަމަކު، އެ ސަރަހައްދުގައި ބައިގަޑިއިރެއްހާ އިރު، ތިބުމަށް ފަހު ފުލުހުނ އެ ސަރަހައްދު ދޫކޮށް ގޮސްފަ އިވާއިރު ފުލުހުން އަލުން ނިކުމެ، މަގުތައް ބަންދު ކުރީ 12:30 ހާއިރު އެވެ. މަޖިލިހުގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 1 ޖަހާއިރު އެވެ.