ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ޕީޕީއެމުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރާ ކަމަށް ތުހުމަތުކޮށް އިދިކޮޅު ފަރާތްތަކުން އެ މައްސަލަ ފުލުހުންނާއި ކަމާ ބެހޭ އެހެން ފަރާތްތަކަށް ހުށަހަޅައިފި އެވެ
ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހުށަހެޅިި މައްސަލައާ މެދު ފުލުހުން ވިސްނާނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ
ޕީޕީއެމުން ތައްޔާރުކުރި “އަތޮޅު ޖަގަހަ” ހުޅުވުމުގެ ރަސްމިއްޔާތުގެ، ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވާނީ ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ވެސް ބޭނުންކޮށްގެން ކަމަށް ބުނެ ދައްކާފައިވާ ވާހަކައަށް ގިނަ ބަޔަކުވަނީ ފާޑު ކިޔާފައެވެ. އަދި އަދުރޭގެ މި ވާހަކަތަކާއި ގުޅިގެން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވެސް އިދިކޮޅު ފަރާތްތަކުންވަނީ ހުށަހަޅާފައެވެ