English Edition
Dhivehi Edition

ޕްރިންޔަންކާ ޗޯޕްރާ އާއި އޭނާގެ ލޯބިވެރިޔާ ނިކް ޖޯނަސް އެންގޭޖްވި ހަބަރާ އެކު ފިލްމީ ތަރިންނާއި ޕްރިޔަންކާގެ ސަޕޯޓްކުރާ ފަރާތްތަކަށް ލިބިގެންދިޔައީ ބޮޑު ހައިރާންކަމެކެވެ

ފާއިތްވެ ދިޔަ ދުވަސްތަކުގައި، ހަބަރުތަކުގެ ފަލަ ސުރުހީއަށް މި ވާހަކަތައް އަރާފައިވާއިރު ޕްރިޔަންކާގެ ވަރަށް ގާތް އެކުވެރިންނަށްވެސް އެންގޭޖްމެންޓްގެ ހަބަރު ލިބިގެންދިޔައީ މީޑިއާތަކުންނެވެ. މީގެ ތެރޭގައި ޕްރިޔަންކާ އާއި އެކު ފެޝަންގައި މަސައްކަތްކޮށްފައިވާ އޭނާގެ ވަރަށް ގާތް އެކުވެރި އެއްކަމަށްވާ ކަންގަނާ ރަނައުތު ވެސް ހިމެނެއެވެ

ޕްރިޔަންކާގެ އެންގޭޖްމެންޓްގެ ވާހަކަ ކަންގަނާއާއި ހިއްސާކޮށްފައިނުވާއިރު މިކަމާއި ގުޅިގެން ކަންގަނާ ބުނެފައިވަނީ ޕްރިޔަންކާއަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއްކަމަށެވެ. އެހެންނަމަވެސް އެންގޭޖްވި ވާހަކަވެސް ޕްރިޔަންކާ އޭނާ ގާތުގައި ބުނެފައިނުވާކަމަށާއި އެކަމާއި އޭނާ ވަރަށް ބޮޑަށް ޕްރިޔަންކާ ދެކެ ހިތްހަމަނުޖެހިފައިވާ ކަމަށް ކަންގަނާވަނީ ބުނެފައެވެ

ކަންގަނާގެ ވާހަކަތަކަށް އަދި ޕްރިޔަންކާ ވަކި ޖަވާބެއް ދީފައިނުވާއިރު ގިނަ ބަޔަކު މިހާރު އިންތިޒާރުކުރަމުންދަނީ ޕްރިޔަންކާ އާއި ނިކް އެމީހުންގެ އެންގޭޖްމެންޓާއި އަދި ކައިވެންޏާއި ބެހޭ ގޮތުން ރަސްމީކޮށް ވާހަކަދައްކާ އެކަން އިއުލާންކުރާނެ ވަގުތަކަށެވެ