English Edition
Dhivehi Edition

ކުރީގެ މަޝްހޫރު ބަތަލާ ޕޫނަމް ދިލަންގެ ފިރިހެން ދަރިފުޅު އަންމޯލް ތަކޭރިއާ ބޮލީވުޑަށް ތައާރަފްކުރުމަށް ސަންޖޭ ލީލާ ބަންސާލީ ތައްޔާރުވާން ފަށައިފިއެވެ

‘ޓިއުޒްޑޭޒް އެންޑް ފްރައިޑޭޒް” ގައި އަންމޯލް އާއި އެކު ފެނިގެންދާނެ ބަތަލާއަކު އަދި ނިންމާފައިނުވާއިރު ވަރަށް އަވަހަށް ބަތަލާއަކު ހަމަޖެއްސުމަށްފަހު އެކަން ބަންސާލީ އިއުލާންކުރާނެކަމަށް މީޑިއާ ރިޕޯޓްތައްވަނީ ބުނެފައެވެ

1977 ވަނަ އަހަރު މިސް އިންޑިއާގެ މަގާމު ހޯދާފައިވާ މަޝްހޫރު ބަތަލާ ޕޫނަމް ބުނީ މަންމައެއްގެ ހައިސިއްޔަތުން އަންމޯލް އަށް ލިބުނު ފުރުސަތާއި މެދު އުފާކުރާކަމަށާއި އޭނާ މިހާރު އިންތިޒާރުކުރަމުންދަނީ އަންމޯލްގެ ފިލްމަށް ކަމަށެވެ. 1979 ވަނަ އަހަރު ‘ނޫރީ’ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޕޫނަމް ބުނީ ބަންސާލީގެ ފިލްމަކީ އޭނާގެ ދަރިފުޅު ބޮލީވުޑަށް ތައާރަފުވުމަށް ލިބުނު ރަގަޅު ފެށުމެއް ކަމުގައެވެ. އަދި މިއީ އަންމޯލްގެ އަމިއްލަ މަސައްކަތުން ހޯދި ކާމިޔާބީއެއް ކަމަށާއި މި ކަމުގައި އޭނާގެ އެއްވެސް ހިއްސާއެއް ނުވާކަމަށެވެ.

އަދި މި ފިލްމާއި ބެހޭ ގޮތުން ރަސްމީ އެއްވެސް ވާހަކައެއް ބަންސާލީ ހިއްސާކޮށްފައިނުވާއިރު ޕޫނަމް ބުނެފައިވަނީ އެ ދެމައިންގެ ހުރިހާ ވަގުތެއްވެސް މިހާރު ހުސްކޮށްފައިވަނީ މި ފިލްމަށް ކަމަށެވެ

ޓެގު