English Edition
Dhivehi Edition
ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަލުން ވެރިކަމަށް އާދެވުމުން މުސާރަ ބޮޑުކޮށްދެއްވާނެކަމަށް ވިދާޅުވާ ވިދާޅުވުން ރައްޔިތުން ޤަބޫލުފުޅު ނުކުރެއްވުމަށް ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ)އެދިވަޑައިގެންފިއެވެ

ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެރުވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ މީގެ ކުރިން އެމްޑީޕީގެ ވެރިކަމުގައި މީހުން ވަޒީފާއިން ވަކިކޮށް، މުސާރަ ކުޑަކުރެއްވިކަން ދިވެހި ރައްޔިތުން ހަނދާން ހުންނާނެކަމަށެވެ.މީގެ އިތުރުން އަދުރޭ ވިދާޅުވީ ބާރާއި އިހުތިޔާރާއި، ސަރުކާރާ ލިބުނީމަ ބޮޑު ނުކުރެވުނު މުސާރައެއް ދެން އަލުން އައިސްގެން ބޮޑުކުރެވޭނެކަމަށް ގަބޫލުނުކާރާކަމަށެވެ. “މިއަދުވެސް އެ ވިދާޅުވާ ޒަމާނުގައި ވަޒީފާއިން ވަކިކުރެއްވި ބޭފުޅުން ހަނދާނުގައި އެކަން ހުންނާނެ، ކުޑަކުރެއްވި މުސާރަ އެބޭފުޅުން ހަނދާން އާވާނެ”އަދުރޭ ވިދާޅުވިއެވެ

މީގެ އިތުރުން އަދުރޭ ވިދާޅުވީ މިސަރުކާރުން ކުރީގެ ސަރުކާރުން ކުޑަކުރެއްވި މުސާރަ ބޮޑުކޮށް، ވަޒީފާތައް އިތުރުކޮށް އޭރު ވަޒީފާ ގެއްލުނު ބޭފުޅުންނަށް އަލުން ފުރުޞަތު ހޯދައްވައިދެއްވި ކަމަށެވެ