English Edition
Dhivehi Edition

ސިވިލް ސާވިސް މުވައްޒަފުންނަށް ޚާއްސަކޮށްގެން ދޫކުރާ 1000 ފުލެޓަށް އެޕްލިކޭޝަން ހުށަހެޅުމަށް އޮތް ފުރުސަތު މިއަދު ހަވާނެއެވެ.

އެހެންކަމުން މިއަދުގެނިޔަލަށް އެކަމަށްއެދި ފޯމުހުށަހެޅުމަށް ހައުސިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެމިނިސްޓްރީން ވިދާޅުވެފައިވަނީ ފުލެޓަށްއެދި ހުށަހަޅާ ސިވިލް ސާވިސް މުވައްޒަފުން ފޯމުހުށަޅަންވާނީ އެ މީހަކު ނިސްބަތްވާ އޮފީހަކަށް ކަމަށެވެ. “އެޕްލައިކުރައްވާ ހުރިހާފަރާތްތަކުންވެސް މިއަދުގެ ނިޔަލަށް އެބޭފުޅަކު ނިސްބަތްވާ އޮފީހަކަށް ފޯމު ހުށަހެޅުއްވުން އެދެން،” ހައުސިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފުލެޓް ދިނުމަށް ހަމަޖައްސައި ފުލެޓަށް އެދުމުގެ ފުރުސަތު ހުޅުވައިފައިވަނީ 2017 ވަނަ އަހަރު ނޮވެމްބަރު އެކެއްގައެވެ. ސިވިލް ސާވަންޓުންނަށް ފުލެޓްދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 7،000 ހައުސިން ޔުނިޓްގެ ތެރެއިންނެވެ. މި ފުލެޓްދިނުމަށް ހަމަޖައްސައިފައިވަނީ މާލެއާއި، ހުޅުމާލެއާއި ވިލިނގިލީގެ ރައްވެހިކަމުގައި އުޅޭ ސިވިލް ސާވިސް މުވައްޒަފުންނަށެވެ. ފުލެޓް ލިބޭމީހުންގެ ފައިނަލް ލިސްޓް އާންމުކުރާނީ މިއަހަރު މާޗުމަހު 30 ގައި ކަމަށް ހައުސިން މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

މި އެއްހާސް ފުލެޓަކީ ސިވިލް ސާވިސް މުވައްޒަފުންނަށް ލިބޭ މުސާރައިން ފައިސާ ދެއްކޭނެ އަގެއްގައި ދޫކުރާ ފްލެޓުތަކެއް ކަމަށް ހައުސިން މިނިސްޓަރުވަނީ ކުރިން ވިދާޅުވެފައެވެ.