މަޖާކުރުމާއި ޑިސްކޯ ކުރުމަށް މި ސަރުކާރުން އެއްވެސް މިންވަރަކަށް ތަރުހީބު ނުދޭނެ ކަމަށް ވެރިކަން ކުރާ ޕީޕީއެމް އިން ބުނެފިއެވެ
ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ޕީޕީއެމް ގެ ނައިބު ރައިސް އަބުދް ރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދަކީ ކުރިންވެސް އިސްލާމް ދީނާ ވަރަށް ދުރު ލާދީނީ ކަންކަމަށް ތަރުހީބު ދެއްވާ ބޭފުޅެއް ކަމަށެވއެ. އަދި ކުރިންވެސް ނަޝީދު ވަނީ ބިރަކާއި ނުލާ މަޖާ ކުރެވެންޖެހޭނެ ކަމަށާއި އެ ފުރުސަތު ހޯދައިދޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އިސްލާމީ މުޖުތަމައެއްގައި މިއީ މިކަން އޮންނަން ވާނެ ގޮތް ކަމަށް ގަބޫލެއް ނުކުރައްވާކަމަށް އަދުރޭ ވިދާޅުވިއެވެ
މީގެއިތުރުން އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ކުރާ ހުރިހާ ކަމެއް ކުރާނީ އިސްލާމީ ރިވެތި އުސޫލުތަކަށް ބަލައިގެން ކަމަށެވެ. އދި ޕީޕީއެމްގެ މެނިފެސްޓޯ ވެސް އެކުލަވާލާނީ އެގޮތަށް ކަމަށާއި މި ސަރުކާރުން ބޭނުންވަނީ ޒުވާނުންނަކީ ހަރުދަނާ ގައުމު ބިނާ ކުރާބަޔަކަށް ހަދަން ކަމުގައެވެ
އިއްޔެ އޯޑިއޯ މެސެޖް އަކާއި އެކު ނަޝީދު ކުރި ޓުވީޓްއެއްގައި ވިދާޅުވީ ރާއްޖޭގައި އުޅޭން ދަތިވެއްޖެ ކަމަށް ގަބޫލު ކުރެވޭ ޒުވާނުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ