English Edition
Dhivehi Edition

ސިފައިންނާއި ފުލުހުންގެ އަގު ވައްޓާލުމަށް އިދިކޮޅުފަރާތްތަކުން މަސައްކަތް ކުރާކަމަށާއި އެއީ ގައުމުގެ އަގުވައްޓާލުމަށް އެ ފަރާތްތަކުން ކުރާ ކަމެއް ކަމަށް ޕީޕީއެމްގެ ނާއިބު ލީޑަރު ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ ނާއިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުރަޙީމް ޢަބްދުﷲ މިހެން ވިދާޅުވީ އޭނާ ކުރައްވާފައިވާ ޓްވީޓެއްގައެވެ. “ދިވެހި ސިފައިންނާއި ފުލުހުންގެ އަގުވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ ގައުމުގެ އަގުވައްޓާލުމަށް ކުރަމުންދާ މަސައްކަތެއް،” ޓްވީޓުގައި ވިދާޅުވެފައިވެއެވެ. އޭނާ މިހެން ވިދާޅުވީ ސިޔާސީ އިދިކޮޅުފަރާތްތަކުން ސިފައިންނާއި ފުލުހުންގެ ބޮލުގައި ތުހުމަތުތަކެއް އަޅުވައި އެމީހުންގެ އަގުވައްޓާލުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވަމުންނެވެ. ޢަބްދުރައްޙީމް ޢަބްދުﷲ ވިދާޅުވެފައިވަނީ ދިވެހި ފުލުހުންނާއި ސިފައިންނަކީ ގައުމަށް ދިމާވާ ކޮންމެފަދަކަމުންވެސް ގައުމު ސަލާމަތްކުރުމަށް ފުރާނައިން ގުރުބާންވަމުންދާ ބައެއް ކަމަށެވެ. އެހެންކަމުން އެފަދަ ބައެއްގެ އަގު ވައްޓާލުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.