English Edition
Dhivehi Edition
ފޮޓޯ/ ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީން، ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިޙް(އިބޫ) އަށާއި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ގިނަ އަދަދެއްގެ ސުވާލުތަކެއް އިބޫ އަށް ކުރިމަތި ކުރައްއިފިއެވެ

ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ރޭ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމިނަށް ރަސްމީކޮށް އެރުވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ހަމަހަމަ ކަމާއެކު ރާއްޖޭގެ ހުރިހާ ދިމާލަކަށް ތަރައްގީ ގެންނާނެ ކަމަށް ވިދާޅުވާއިރު، ބައެއް ސުވާލުތައް ކޮށްލަން އެބަޖެހޭ ކަމަށެވެ. މި ގޮތުން ރައީސް ޔާމީން އެމްޑީޕީ އަށާއި އިބޫއަށް ކުރިމަތި ކުރެއްވި ސުވާލުތަކުގެ ތެރޭގައި

  • އިސްލާމީ އުސޫލު ކިހާ ވަރުގަދަކޮށް ހިންގިދާނެތޯ؟
  • މަރުގެ ހުކުމް ތަންފީޒު ކުރާނެތޯ؟
  • ރާއްޖޭގެ ހަރު މުދާ ނުވިއްކާނެ ކަން ކަށަވަރު ކޮށްދޭންޖެހޭ
  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭރުގެ ބަޔަކަށް ވިއްކާލީ ކީއްވެތޯ އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ޚަޒާނާ އަށް ލިބުނު އާމްދަނީ ކުޑަވި މައްސަލަ
  • އެމްޑީޕީގެ ވެރިކަމުގައި ކޮރަޕްޝަންގެ މައްސަލަަތައް ނުބެލި ސަބަބު
  • ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކަނޑާލި ސަބަބު
  • އެމްޑީޕީގެ ނުފޫޒާ އެކު ފެބްރުއަރީ 1 ގެ އަމުރު ސުޕްރީމް ކޯޓުން ނެރުނު ސަބަބު
  • ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެ ކަން ކަށަވަރު ކޮށްދިނުން

އިދިކޮޅު ފަރާތްތަކުގެ ވެރިކަމެއްގައި އިގްތިސޯދު ކުރިއެރުވޭނެކަން ނުވަތަ ނޫންކަން އެނގޭނީ އެބޭފުޅުން އެ ސުވާލުތަކަށް ޖަވާބު ދެއްވުމުން ކަމަށް ރައީސް ޔާމީންވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ ވޯޓު ހޯދަން ބޭނުން ނަމަ، ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަތުމަށް ރައީސް ޔާމީން ވަނީ އިބޫ އަށް ގޮވާލައްވައިފަ އެވެ