English Edition
Dhivehi Edition
ޑރ. ޝަހީމް ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު ރައީސް ޔާމީނާ ފޯމް ހަވާލުކުރައްވަނީ --- ސަން ފޮޓޯ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، ވެރިކަން ކުރާ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް އަބްދުﷲ ޔާމިނަށް އަރުވައިފި އެވެ

މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް އަދި އެމަނިކުފާނުގެ ރަނިން މޭޓްކަން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް އެރުވީ އެ ޕާޓީގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކްއެވެ

ރައީސް ޔާމީނަށް ދެވަނަ ފަހަރަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދޭން މީގެ ކުރިން ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާއިރު ޕީޕީއެމް އިން ބުނެފައިވަނީ ޕާޓީގެ ރިޔާސީ ޓިކެޓު ރައީސް ޔާމީނަށް ދިނީ ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތަށް ކަމަށެވެ