English Edition
Dhivehi Edition
ފޮޓޯ:އެމްޑީޕީ

ރިޔާސީ އިންތިހާބުަގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމްގެ ކެންޑިޑެންސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެ، ކެންޑިޑެންސީ ގަބޫލުކުރި ކަމުގެ ލިޔުން ހަވާލުކޮށްފި އެވެ

އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހޯމަ ދުވަހު ހުޅުވައިލުމުން، ބުރާސްފަތި ދުވަހު އިބޫ ވަނީ ފޯމު ހުށަހެޅުއްވާފައެވެ.

ގާނޫނުގައި ބުނާ ގޮތުގައި، އިލެކްޝަންސުން ފޯމު ބަލައިގަތުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި، ކެންޑިޑެސީއާ މެދު ގޮތެއް ނިންމައި އެކަން އަންގަން ޖެހެ އެވެ

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ބުރާސްފަތި ދުވަހު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ހަތް މީހަކު ފޯމު ނަގާފައިވާކަމަށެވެ. އެހެންނަމަވެސް އަދި މިހާތަނަށް ފޯމް ހުށަހަޅުއްވާފައިވަނީ އިބޫ އެކަންޏެވެ