English Edition
Dhivehi Edition

މިނިވަން ކަޕް 2018 ގެ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ތައްލިހި އެފްސީގެ ޝަމްހާދު ސައީދު ހޯދައިފިއެވެ

ރޭ ހުޅުދޫ ފުޓްސަލް ދަނޑުގައި މިނިވަން ކަޕް 2018 ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ވަނަތަކަށް ދިޔަ ފަރާތްތަތަކަށްވަނީ ތައްޓާ ހަދަނީ ލިޔުން ހަވާލުކޮށްފައެވެ

މި އަހަރުގެ މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާއަށް ދެކުނު އެފްސީގެ ޝުޖުއާން(ޝުއްޖޭ) އަށް ލިބިފައިވާއިރު ފެއާރ ޕްލެޔާރ ގެ މަގާމު ލިބިފައިވަނީ އެ ޓީމްގެ މުހައްމަދު ހަމްދާންއަށެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ ތައްލިހި އެފްސީ ގެ ކީޕަރު ހުސެއިން ޝަހްޒާން(ބޮޑީ) އެވެ. މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީކޭ ސްޕޯޓްސް ކްލަބްގެ އަބްދުﷲ އިމްރާން(އިއްމޭ) އެވެ. އިއްމޭވަނީ މި މުބާރާތުގައި ޖުމްލަ ސާދަ ލަނޑު ޖަހާފައެވެ. މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ތައްލިހި އެފްސީގެ ކޯޗް އަލީ ރަޝީދުއެވެ

މި މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވިފައިވަނީ ތައްލިހި އެފްސީގެ އަލީ ޝިފާއު،ގައުމު އެފްސީގެ ޝައްފާން(ޝާކާ)، ތައްލިހި އެފްސީގެ ޝަމްހާދު ސައީދު، ޑީކޭ ސްޕޯޓްސް ކްލަބްގެ އިބްރާހީމް އަސްވަދް(ގަބޭ) އަދި ޑީކޭ ސްޕޯޓްސް ކްލަބްގެ އިމްރާން(އިއްމޭ) އެވެ.

ކޮންމެ އަހަރަކަުވެސް މި މުބާރާތުގެ އެންމެ ބެސްޓް ސަޕޯޓަރު ހޮވާއިރު މި އަހަރުގެ މުބާރާތުގައި މި މަގާމު ހޯދާފައިވަނީ ތައްލިހި އެފްސީގެ ސަޕޯޓަރު ހުސެއިން އިބްރާހީމް އެވެ.

ރޭގެ މި ރަސްމިއްޔާތުގައި މިނިވަންކަޕް ޓީމްގެ ފަރާތުންވަނީ މަސްވެރިކަމުގެ ދާއިރާއިން އަގުހުރި ހިދުމަތްތަކެއް ކޮށް ދެއްވާފައިވާތީ ސ.ހުޅުދޫ ދާޝް ސައީދު އަގުވަނީ ވަޒަންކޮށް ހަދާނީ ފިލާ ހަވާލުކޮށްފައެވެ.