މިނިވަންކަޕް 2018 ގައި މިރޭ ކުޅުނު ކުއާޓާރ ފައިނަލްގެ ފުތަމަތަ މެޗު 7 ލަނޑު 3 ލަނޑުންެ ޑީކޭ ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފިއެވެ.
މިރޭ ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުނު މި މެޗު ޑީކޭ އިން ކާމިޔާބުކުރީ ކެނެރީފް އާއި ބައްދަލުކޮށެވެ. މި މެޗުގެ ފުރަތަމަ ލަނޑު ކެނެރީފްގެ ސަރޭ އެ ޓީމަށް ކާމިޔާބުކޮށްދީފައިވާއިރު މެޗުގެ ފުރަތަމަ ހަ މިނިޓް ތެރޭ މައުޝޫގު އާއި ގަބޭ ވަނީ ކޮންމެ ކުޅުންތެރިއަކަށް އެއް ލަނޑު ކާމިޔާބުކޮށްދީ މެޗުގެ ލީޑް ނަގާފައެވެ. މި މެޗުގައި ޑީކޭ އިން ކާމިޔާބުކުރި ތިންވަނަ ލަނޑަކީ މެޗުގެ ފަނަރަވަނަ މިނިޓްގައި މައުޝޫގު ކާމިޔާބުކޮށް ދިން ލަނޑެކެވެ
ޑީކޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފަންސަވީސްވަނަ މިނިޓްގައ ގަބޭ ނަގައިދިން ބޯޅަ ގޯލަށް އަމާޒުކޮށް ޑީކޭގެ ހަތަރުވަނަ ލަނޑު މައުޝޫގުވަނީ އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. މެޗުގެ ނަވާވީސްވަނަ މިނިޓްގައި ޑީކޭ ގެ ކުޅުންތެރިޔާ ސަމީން އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދިން އިރު މެޗުގެ ތިރީސް ދެވަނަ މެޗުގައި ގަބޭވަނީ އިތުރު ލަނޑެއް ޑީކޭއަށް ކާމިޔާބުކޮށްދީ މެޗުގެ ލީޑް ފުޅާކޮށްފައެވެ.
ޑީކޭ އެފްސީ އިން މި މެޗުގައި ބޮޑު ލީޑެއް ނަގާފައިވާއިރު ކެނެރީފުންވަނީ މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ގޮތުން މެޗުގެ ތިރީސްތިންވަނަ މިނިޓްގައި ކެނެރީފް ޓީމްގެ އާލިއްޕޭ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން އިރު އިންޓޭ ވަނީ ތިރީސްފަސްވަނަ މިނިޓްަގައި އެ ޓީމަށް ލަަނޑެއް ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ޑީކޭ އިން ކާމިޔާބުކުރި ހަތްވަނަ ލަނޑަކީ މެޗުގެ އެންމެ ފަހު ވަގުތު ސިނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑީކޭ އަށް ދެ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ ގަބޭއެވެ
މާދަމާ ރޭ ކުޅޭ މި މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޑީކޭ ސްޕޯޓް ކްލަބާއި ރިސޯޓް ބޯއިސް ޔުނައިޓެޑެވެ