މިނިވަންކަޕް 2018 ގެ މިރޭ ކުޅުނު ފުރަތަމަ މެޗު ގައި ވެމްކޯ އާއި ޑީކޭ އެފްސީ ބައްދަލު ކުރި މެޗު ޑީކޭ އިން ކާމިޔާބުކޮށްފިއެވެ
ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުނު މި މެޗު ޑީކޭ އިން ކާމިޔާބުކުރީ 6 ލަނޑު 3 ލަނޑުންނެވެ. . މިރޭގެ މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ ސިކުންތުގައި ޑީކޭގެ ސަމީން އެ ޓީމަކަށް ކާމިޔާބުކޮށްދިން އިރު މެޗުގެ ތިންވަނަ މިނިޓްގައި ސަމީންވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑް ފުޅާކޮށްފައެވެ
ޑީކޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ބާރަވަނަ މިނިޓްގައި ވެމްކޯ ގެ އަޒޭ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން އިރު މެޗުފެ ތޭރަވަނަ މިނިޓްގައި ޑީކޭގެ މައުޝޫގުވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ޑީކޭ ޓީމްގެ ކުޅުންތެރިން ވެމްކޯ ގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާފައިވާއިރު މެޗުގެ ސާދަވަނަ މިނިޓްގައި ޑީކޭގެ ސިނާ ވަނީ އެ ޓީމަށް މެޗުގެ ލީޑް އިތުރަށް ފުޅާކޮށްދީފައެވެ
މެޗުގެ ދެވަނަ ހާފްގެ ފުރަތަމަ މިނިޓް ވެމްކޯ ޓީމްގެ ގައިސް އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައިވާއިރު، ދެ ޓީމުންވެސް ވަނީ ދެވަނަ ހާފްގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި ގޮތުން މެޗުގެ ހަތާވީސްވަނަ މިނިޓްގައި އައްމަޑޭވަނީ ވެމްކޯ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އައްމަޑޭގެ ލަނޑާއެކު ވެމްކޯ ޓީމަށް ހަމަޖެހިނުލެވެނީސް މެޗުގެ އަށާވީސްވަނަ މިނިޓްގައި އިއްމަ ނަގައިދިން ހުރަހަކުން ސަމީންވަނީ ޑީކޭ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ.މެޗުގެ ބާކީ ވަގުތު ދެ ޓީމުންވެސް މެޗުގެ ނަތީޖާ ބަދަލުކުރުމަށް މަސައްކަތްކޮށްފައިވާއިރު މެޗު ނިމިގެން ދިޔައީ ދެ ޓީމަށްވެސް އިތުރު ލަނޑެއް ކާމިޔާބުނުކުރެވިއެވެ.
މިރޭ ކުޅުނު މި ފޯރިގަދަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑިކޭ އަށް ތިން ލަނޑު ކާމިޔާބުކޮށްދިން ސަމީންއެވެ