English Edition
Dhivehi Edition

މިނިވަންކަޕް 2018 ގެ ޗެމްޕިއަންކަން ތައްލިހި އެފްސީ އިން ހޯދައިފިއެވެ

ރޭ ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި ފޯރިގަދަ ފައިނަލްގައި ޑީކޭ ސްޕޯޓްސް ކްލަބާއި އާއި ވާދަކޮށް ތައްލިހި އެފްސީ މުބާރާތް ކާމިޔާބުކުރީ 7 ލަނޑު 2 ލަނޑުންނެވެ

ތައްލިހި އެފްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ހަތަރުވަނަ މިނިޓްގައި އެ ޓީމްގެ ޝިރައްޓޭ ލަނޑެއް ޖަހާފައިވާއިރު މެޗުގެ ފަސްވަނަ މިނިޓްގައި ތައްލިހި އެފްސީގެ އަޔާޒްވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.މެޗުގެ އެގާރަވަނަ މިނިޓްގައި ޑީކޭގެ އިއްމެ ނަގައިދިން ބޯޅަ، ގޯލަށް އަމާޒުކޮށް މައުޝޫ ވަނީ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ.ޑީކޭ އިން މެޗުގެ ނަތީޖާއެއްވަރުކުރުމަށް މަސައްކަތްކޮށްފައިވާއިރު މެޗުގެ ފަނަރަވަނަ މިނިޓްގައި ސިޔައްމާ ވަނީ ތައްލިހިއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ފުޅާކޮށްފައެވެ

މެޗުގެ ފުރަތަމަ ހާފްގައި ތައްލިހިން ތިން ލަނޑު ޖަހާފައިވާއިރު މެޗުގެ ދެވަނަ ހާފްގައި ރޮނާ ވަނީ ތައްލިހި އެފްސީގެ ހަތަރުވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. .ޑީކޭގެ ކުޅުންތެރިން ތައްލިހި އެފްސީ ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު މެޗުގެ ނަވާވީސްވަނަ މިނިޓްގައި އަޔާޒް ތައްލިހި އަށް ލަނޑެއް ކާމިޔާބުކޮށްދިންއިރު ޝިރައްޓޭވަނީ މެޗުގެ ތިރީސްދެވަނަ މިނިޓްގައި އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ފައެވެ

ތައްލިހި އެފްސީގެ ހަތްވަނަ ލަނޑު ތިރީސްހަތަރުވަނަ މިނިޓްގައި ރޮނާ ކާމިޔާބުކޮށްދިން އިރު ޑީކޭގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގަބޭއެވެ

ރޭގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރޭގެ މެޗުގައި ތައްލިހި އަށް ދެ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާ ރޮނާއެވެ