މިނިވަންކަޕް 2019 ގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ގައުމު އެފްސީ އާއި ތައްލިހި އެފްސީ ބައްދަލުުކުރި ފޯރިގަދަ މެޗު ބޮޑު ތަފާތަކުން ތައްލިހި އެފްސީ ކާމިޔާބުކޮށްފިއެވެ.
ގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީއަށް ދަތުރުކުރި ގައުމު އެފްސީ ބަލިކުރުމަށްފަހު ތައްލިހި އެފްސީ މި މެޗު ކާމިޔާބުކުރީ 8 ލަނޑު 0 ލަނޑުންނެވެ. މުޅި މެޗުގައިވެސް ގައުމު އެފްސީ އިން ގިނަ ހަމަލާތައް އުފައްދާ ގިނަ އިރު ބޯޅަ ގެންގުޅެފައިވާއިރު ތައްލިހި އެފްސީގެ ކީޕަރުވަނީ ގައުމު އެފްސީ އިން ގޯލަށް އަމާޒުކޮށް ފޮނުވި ހުރިހާ ހަމަލާއެއް ދިފާއުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފަސްވަނަ މިނިޓްގައި އަލީ ލިރުއާމް(ލިރު) ކާމިޔާބުކޮށްދިން އިރު ފުރަތަމަ ހާފްގައި މުހައްމަދު ލިޔާހް އަދި އަލީ ޝިފާއު(ރޮނާ) ވަނީ ކޮންމެ ކުޅުންތެރިއަކަށް އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފްގައި ތައްލިހި އެފްސީ އިން ކާމޔާބުކުރި ހަތަރުވަނަ ލަނޑު ޝަމްހާދު ސައީދު އެ ޓީމަށް ކާމިޔާބުކޮށްދިން އިރު، ރޮނާ ވަނީ ދެވަނަ ހާފްގައިވެސް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. ފުޅާ ލީޑަކާއެކު ތައްލިހިން މެޗުގެ ދެވަނަ ހާފްގައި ކުޅެފައިވާއިރު އެ ޓީމްގެ ހަތްވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ިލިޔާހް އެވެ. މެޗުގައި ތައްލިހިން ޖެހި އަށްވަނަ ލަނޑު އަބްދުﷲ އިމްރާން(އިއްމެ) އެ ޓީމަށް ކާމިޔާބުކޮށްދިންއިރު ގައުމު އެފްސީ އިންވަނީ މެޗުގެ އެންމެ ފަހު ވަގުތާއި ހަމައަށްވެސް ލަނޑެއް ކާމިޔާބުކުރުމަށް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ނިމިގެން ދިޔައީ އެ ޓީމަށް ލަނޑެއް ކާމިޔާބުކުރާނެ ފުރުސަތެއް ނުލިބިއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޮނާއެވެ.
ގްރޫޕް ސްޓޭޖްގައިވެސް ތައްލިހި އެފްސީ އާއި ގައުމު އެފްސީ ބައްދަލުކޮށްފައިވާއިރު އެ މެޗު ނިމިގެންދިޔައީ ދެ ޓީމް އެއް ވަރު ވެގެންނެވެ. ތައްލިހި އެފްސީ އިން ސެމީގެ މި މެޗު ކާމިޔާބުކޮށްފައިވާއިރު ފައިނަލްގައި އެ ޓީމް ބައްދަލުކުރާނީ ރިސޯޓް ބޯއިސް އާއެވެ. މި މެޗު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ހުޅުދޫ ފުޓްސެލް ދަނޑުގައެވެ.