މިނިވަން ކަޕް 2018 ގެ މިއަދު ހަވީރު ކުޅުނު މެޗު ތައްލިހި އެފްސީ އިން ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.
ވެމްކޯ އާއި ބައްދަލުކޮށް ތައްލިހި އެފްސީ އިން މި މެޗު ކާމިޔާބުކުރީ 8 ލަނޑު 3 ލަނޑުންނެވެ.މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ނުވަ ވަނަ މިނިޓްގައި ތައްލިހި އެފްސީ ގެ ސިޔާމް އެ ޓީމަށް ކާމިޔާބުކޮށް ދިން އިރު މެޗުގެ ދިހަވަނަ މިނިޓްގައި ސިޔާމް އާއި ރޮނާ ވަނީ ކޮންމެ ކުޅުންތެރިއަކަށް އެއް ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ
ތައްލިހި އެފްސީ އިން ވަރަށް ކައިރިކައިރީގައި ޖެހި ތިން ލަނޑާއެކު ވެމްކޯ އިން ވަނީ ތައްލިހި ޓީމްގެ ކުޅުންތެރިން ހިފަހައްޓާ ޑިފެންސް ވަރުގަދަކުރުމަށް މަސައްކަތްކޮށްފައެެވެ.
މެޗުގެ ދެވަނަ ހާފްގައި ވެމްކޯ ޓީމުން ގިނަ ހަމަލާތަކެއް ތައްލިހި އެފްސީގެ ގޯލަށް އަމާޒުކޮށްވަނީ ފޮނުވާލާފައެވެ. އެހެންނަމަވެސް މެޗުގެ 22 ވަނަ މިނިޓްގައި ރޮނާ ޖެހި ލަނޑާ، ތޭވީސްވަނަ މިނިޓްގައި ޝިރައްޓޭޖެހި ގޯލާއެކު އެ ޓީމުންވަނީ ބޮޑު ލީޑަކާއެކު ހަމަޖެހިލާފައެވެ.
ވެމްކޯއަށް ކާމިޔާބުކުރެވުނު ފުރަތަމަ ލަނޑަކީ ތައްލިހި އެފްސީގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ލިބުނު ޕެނެލްޓީއަކުން އެ ޓީމުގެ ޒަމޭ ކާމިޔާބުކޮށްދިން ގޯލެކެވެ. ވެމްކޯއިން ކާމިޔާބުކުރި ޕެނެލްޓީ އާއި އެކު މެޗުގެ ނަވާވީސް ވަނަ މިނިޓްގައި ރޮނާ ނަގައިދިން ހުރަހަކުން އަޔާޒް ވަނީ ތައްލިހިއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މެޗުގެ ތިރީސްވަނަ މިނިޓްގައި ރޮނާ ިތައްލިހި އެފްސީ އަށް އިތުރު ގޯލެއް ކާމިޔާބުކޮށްދިން އިރު ތައްލިހީގެ 8 ވަނަ ލަނޑަކީ މައްސޫދު އެ ޓީމަށް ކާމިޔާބުކޮށް ދިން ލަނޑެކެވެ.
މިއަދުގެ މެޗުގައި ވެމްކޯއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބިގެން ދިޔައިރު އެ ޓީމްގެ ދެވަނަ ލަނޑަކީ އައްޒޭ ކާމިޔާބުކޮށް ދިން ލަނޑެކެވެ. ވެމްކޯ އިން ކާމިޔާބުކުރި ތިންވަނަ ލަނޑަކީ މެޗުގެ އެންމެ ފަހު ވަގުތު އެ ޓީމަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ޒަމޭ ޖަހައި ދިން ލަނޑެކެވެ.
މިއަދުގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތައްލިހި އެފްސީގެ ރޮނާ އެވެ