English Edition
Dhivehi Edition

މިއަދު ހަވީރު ހުޅުދޫ ފުޓްސެލް ދަނޑުގައި ފެށިގެން ދިޔަ މިނިވަން ކަޕް 2018 ގެ ފުރަތަމަ މެޗު ތައްލިހި އެފްސީ އިން ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަގަޅުކޮށްފިއެވެ

މި މެޗުގައި ތައްލިހި އެފްސީ އާއި އެއިލެންޑް ބަދަލުކުރި މެޗު ތައްލިހިން ކާމިޔާބުކުރީ 6 ލަނޑު 3 ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުންވެސް ވަރުގަދަ މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ތައްލިހި އެފްސީގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝަމްހާދު ސައީދުއެވެ. އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 14 ވަނަ މިނިޓްގައި ޝިރައްޓޭއެވެ. ޝިރައްޓޭގެ ލަނޑާއެކު އެއިލެންޑް ގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 15 ވަނަ މިނިޓްގައި އައްނިއެވެ

އެއިލެންޑްގެ މި ލަނޑާއެކު މެޗުގެ ކުޅުން އިތުރަށް ފޯރިގަދަވެގެން ދިޔައިރު މެޗުގެ 22 ވަނަ މިނިޓްގައި ތައްލިހި އެފްސީ ގެ އަޔާޒުވަނީ އެ ޓީމަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީފައެވެ .އެއިލެންޑް އިން ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް ފޮނުވާލާފައިވާއިރު މެޗުގެ 24 ވަނަ މިނިޓްގައި އޮސްކާވަނީ އެއިލަންޑަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ.އެއިލެންޑްއިން މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު ތައްލިހީގެ ސިޔާމް ވަނީ އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ތައްލިހި އެފްސީ އަށް މެޗުގެ ލީޑް ފުޅާކޮށްދީފައެވެ

މެޗުގެ 32 ވަނަ މިނިޓްގައި އެއިލެންޑް ގެ ތިންވަނަ ގޯލު އެ ޓީމުގެ ރަމީޒް ކާމިޔާބުކޮށްދީފައިވާއިރު ތައްލިހި އެފްސީގެ ޝަމްހާދު އާއި އަޔާޒް އެ ޓީމަށް ކާމިޔާބުކޮށްދިން ގޯލާއެކު މެޗު ނިމިގެން ދިޔައީ އެއިލެންޑަށް ނަތީޖާ ބަދަލުކުރާނެ އިތުރު ފުރުސަތެއް ނުލިބިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ތައްލިހި އެފްސީގެ އަޔާޒްއެވެ